Follow us on
ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ‘ސެކިއުލަރ ބިލް’ އާއި ދެކޮޅަށް މީދޫ ކައުންސިލް!
| އިބްރާހިމް ރަފްހާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީށް ހުށައަޅާފައިވާ ‘ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް’ ފަރުމާކޮށްފައިވާ ސެކިއުލަރ ބިލާއި ދެކޮޅަށް މީދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މީދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސް އެޅިގެންދާކަމަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލުން މި ބިލް ހުށައެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

“އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންނަށް ސެކިއުލަރ ބިލަށް ވޯޓު ނުދެއްވުމަށް މިރަށުގެ ރައްޔިތުންނާއި މި ކައުންސިލްގެ ނަމުގައި ގޮވާލަމެވެ.” ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ އިސްލާހުގެ ސަބަބުން ދީނަށް ފުރައްސާރަކުރާ މީހުންނާއި ދެކޮޅަށް ބަސްބުނުމުގެ މަގު އެއްކޮށް ބަންދުވެ އެކަމާއި ދެކޮޅަށް ބަސް ބުނާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ.

މި ބިލާއި ދެކޮޅަށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔަތުއް ސަލަފް ގުޅިގެން މިހާރުވަނީ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ