Follow us on
މިއަދު ރ. މީދޫއިން ފައްސިވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 22 މީހެއް!
| އިބްރާހިމް ރަފްހާން

މިއަދު ރ. މީދޫއިން ކޯވިޑް 19 އަށް ފައްސިވި މީހާއި ގާތުން ބައްދަލުވި 22 މީހަކު ފާހަގަކޮށް އައިސޮލޭޓުކޮށްފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލުމާތު ދިން ގޮތުގައި އެ ފަރާތާއި ގާތުން ބައްދަލުވި 22 މީހަކު އައިސޮލޭޓުކޮށް 2 ގެއެއް ކަރަންޓީނުކޮށްފައިވާއިރު ގާތުން ބައްދަލުވި މީހުންގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާކަމެކެވެ.

މިއަދު ރ. މީދޫއިން ފައްސިވި ފަރާތަކީ 6 ޖޫންގައި މީދޫއިން ނެގުނު 59 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތެކެވެ. 59 ރެންޑަމް ސާމްޕަލްގެ ތެރެއިން ފައްސިވީ އެންމެ ސާމްޕަލްއެއްކަން ފާހަގަކޮށްލެވެއެވެ.

ރ. މީދޫ މިހާރުވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

ޚިޔާލު ފާޅުކުރައްވާ