Follow us on
ޚަލީލް އަދި ހަސަން ޝަރީފްގެ ފަރާތުން އަލިފުށި ރައްޔިތުންނަށް 1.5 ޓަނުގެ މަސް!
| އިބްރާހިމް ރަފްހާން

ރ. މީދޫގެ ދެ ޒުވާނުންކަމަށް ރ. މީދޫ މަހިދޫ، ހަސަން ޝަރީފް އަދި ރ. މީދޫ ކަގި، ހަލީލް ސަޢީދުގެ ފަރާތުން ރ. އަލިފުށި ރައްޔިތުންނަށް 1.5 ޓަނުގެ ކަނޑުމަސް ހަދިޔާކޮށްފިއެވެ.

އަތޮޅުތެރޭގެ ކޯވިޑުގެ ހާލަތު އެންމެ ގޯސް އެއް ރަށްކަމަށްވާ ރ. އަލިފުށީގެ ރައްޔިތުންނަށް މަސް ހަދިޔާކޮށްފައިވާއިރު އަލިފުށީ ކައުންސިލްގެ ފަރާތުންވަނީ މި ދެ ޒުވާނުންނަށް ޝުކުރުއަދާކޮށް ހަމަހަމަކަމާއެކު މަސް ބަހާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރ. އަލިފުށީގައި ކޯވިޑްގެ ހާލަތު ގޯސްވެފައިވާއިރު މިހާތަނަށް އެރަށުން 108 މީހުންވަނީ ކޯވިޑަށް ފައްސިވެފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ކަރަންޓީނުކޮށްފައިވާއިރު 178 ގޭވަނީ ކަރަންޓީނުކޮށްފައެވެ.

އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު ގޮސްވެފައިވާ ރަށްތަކަށް އެކި ގޮތްގޮތުން ކައިރި ރަށްތަކުންނާއި އެކި ފަރާތްތަކުން އެހީތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ