Follow us on
ޔޫރޯ 2020 އާއި ދިމާކޮށް ޔޫތު މިނިސްޓްރީން ކުލަބު ޖަމްޢިއްޔާތަކަށް ޕްރޮޖެކްޓަރު ދޫކުރަނީ
| އިބްރާހިމް ރަފްހާން

މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އާއި ދިމާކޮށް ޔޫތު މިނިސްޓްރީން ކުލަބު ޖަމްޢިއްޔާތަކަށް ޕްރޮޖެކްޓަރު ދޫކުރަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ޗައިނާ އެއިޑްގެ ފަރާތުން ލިބިފައިވާ ޕްރޮޖެކްޓަރުތަކެއް ދޫކުރުމަށް ނިންމާފައިވާކަމަށާއި ޕްރޮޖެކްޓަރުތައް ހޯދުމަށް ބޭނުންވެލައްވާ ކުލަބު ޖަމްޢިއްޔާތަކުން ޖޫން 10 ގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން bureau@youth.gov.mv އަށް ފޮނުވުމަށް އެދޭކަމަށެވެ.

ޔޫރަޕުގެ ފުޓުބޯޅަައިގެ އެންމެ ބޮޑު މުބާރާތަކީ އަބަދުވެސް ދިވެހިން ފޯރިއާއެކު ބަލަމުންދާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ