Follow us on
އަލިފުށިން ކޯވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް!
| އިބްރާހިމް ރަފްހާން

ރ. އަލިފުށިން ކޯވިޑް 19 އަށް ފައްސިވި މީހުންގެ އަދަދު 108 އަށް އަރައިފިއެވެ.

އަތޮޅުތެރޭގައި ކޯވިޑު ފެތުރެމުންދާ ރަށްތަކުގެ ތެރެއިން އެންމެ ހާލަތު ގޯސް އެއް ރަށަކަށް އަލިފުށި ވެފައިވާއިރު މިއަދު މިހާތަނަށް 12 މީހަކު އަލިފުށިން ކޯވިޑަށް ފައްސިވެފައިވެއެވެ.

ރޭގެ 23:00 އާއިހަމައަށް އަލިފުށިން 460 މީހުން ކަރަންޓީނު ކުރެވިފައިވާއިރު 182 ގެއެއްވަނީ ކަރަންޓީން ކުރެވިފައެވެ. އަދި ރޭގެ 23:00 އާއިހަމައަށް އެރަށުން ޖުމްލަ 318 ސާމްޕަލް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

އަލިފުށިން ނެގި ފުލޫ ސާމްޕަލްއެއް ކޯވިޑަށް ފައްސިވެ އެރަށް މޮނިޓަރިންގއަށް ލާފައިވަނީ މެއި 24 ގައެވެ.

ޚިޔާލު ފާޅުކުރައްވާ