Follow us on
ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޯވިޑަށް ފައްސިވި 3 މީހުން ބަލިން ރަނގަޅުވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޯވިޑަށް ފައްސިވި 3 މީހަކު ބަލިން ރަނގަޅުވެ ކަރަންޓީނުން ދޫކޮށްލައިފިއެވެ.

ބަލިން ރަނގަޅުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން މީދޫއަށް އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ ޢަލާމާތްތައް ފެނިގެން ޓެސްޓުކުރި އިރު ކޯވިޑަށް ފައްސިވި މީހަކާއި މާލެއިން މީދޫއަށް އައިސް ކަރަންޓީނުގެ މުއްދަތު ހަމަކޮށް ޓެސްޓުކުރި އިރު ފައްސިިވި މީހެއްގެ އިތުރުން ރިޒޯޓަކުން މީދޫއަށް އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ޓެސްޓުކުރިއިރު ފައްސިވެފައިވާ މީހެކެވެ.

މި ތިން މީހުން ބަލިން ރަނގަޅުވުމުން މިހާރު ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 އެވެ. އެއީ ހޯމް ކަރަންޓީނުގައި ހުއްޓާ ފައްސިވި 2 އަހަރުގެ ކުޑަ ކުއްޖަކާއި ކަރަންޓީނުގައި ހުއްޓާ ފައްސިވި ފަރާތަކާއި ގާތުން ބައްދަލުވި އިތުރު ދެ މީހުންނެވެ.

ޑައިރެކްޓް ކޮންޓެކްޓުން ފައްސިވުމާއި ގުޅިގެން މީދޫއަށް އަރާ ފޭބުންވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި އިއްޔެ މީދޫއިންވަނީ 59 ރެންޑަމް ސާމްޕަލް އަދި 2 ފުލޫ ސާމްޕަލް ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ