Follow us on
ކޯވިޑު ފެތުރިފައިވޭތޯ ބެލުމަށް މިއަދު ހަވީރު ރ. މީދޫއިން ރެންޑަމް ސާމްޕަލް ނަގަނީ
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކޯވިޑް 19 ފެތުރިފައިވޭތޯ ބެލުމަށް މިއަދު ހަވީރު 16:00 އިން 18:00 ރަށުތެރެއިން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

މީދޫ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު ނާޒިމް ވިދާޅުވީ  މިއަދު ހަވީރު 60 ރެންޑަމް ސާމްޕަލް ނެގުމަށް ތައްޔާރުވެފައިވާކަމަށާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

މީގެ އިތުރުން ބޭރުތެރޭގައި އުޅޭއިރު ގައިދުރުކުރުމަށާއި މާސްކު އެޅުމަށް އަދި ގިނަގިނައިން އަތްދޮވެ ސާފުތާހިރުވުމަށް ސިއްޙީ މަރުކަޒުން އެދެއެވެ.

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ފައްސިވި 2 މީހެއްގެ ޑައިރެކްޓް ކޮންޓެކްޓުން ފައްސިވުމާއި ގުޅިގެން މިވަގުތު މީދޫ އޮތީ މޮނިޓަރިންގ ހާލަތުގައެވެ. އަދި މި ކޭސްތަކާއި ގުޅިގެން މިހާތަނަށް ނެގުނު 42 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ