Follow us on
މަޑުއްވަރީ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 44،302.36 ރުފިޔާ
| ސައްދާމު ޙުސައިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރ. މަޑުއްވަރީގައި އިއްޔެ ހިންގުނު ހަރަކާތްތަކަށް 44،302.36 ރުފިޔާ އަދި 8 ޑޮލަރު ލިބިއްޖެއެވެ.

ރ. މަޑުއްވަރީ ރައްޔިތުން ފަލަސްތީނާއެކުމިނަމުގައި ހިންގި މިހަރަކާތްތަކަކީ މަޑުއްވަރީ ޕެޕަރ ޑައިން ރެސްޓައުރަންޓާއިމަންމަނަމުގައި ހަރަކާތްތެރިވާ ގުރޫޕާކާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމު ޝަމްވީލް މައުލޫމާތު ދެެއްވިއެވެ.

އެފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ފަންޑު ރައިޒްކުރުމުގެ  މިހަރަކާތް ހިންގާފައިވަނީ ރަށުގެ 8 ތަނެއްގައި ފަންޑުފޮށި ބަހައްޓައިގެންނާއި އިއްޔެގެ ހަވީރު  ބައެއް ކަހަލަ ކާތަކެތި ވިއްކައިގެންނެވެ.

މީގެ އިތުރުން މިހަރަކާތް ކުރިއަށް ދިޔަވަގުތު ފަލަސްތީނުގެ މުސްލިމު އަހުންނަށް އެހީތެރިވުމުގެ މުހިއްމުކަން ހާމަކޮށް އާންމު ރައްޔިތުންނަށް މެސެޖުތަކެއް ފޯރު ކޮށްދެވުނު ކަމަށް ޝަމްވީލް ފާހަގަކުރަށްވައެވެ.

މި ހަރަކާތުގައި އެކި ގޮތްގޮތުން އެހީތެރި ވެދިން މަޑުއްވަރީ ކައުންސިލ، މަޑުއްވަރީ ހެލްތު ސެންޓަރ، މަޑުއްވަރީ ޕޮލިސް، ލަވިސްޓާ ސްޕޮޓް، ޓޯލަރެންސް ޓީ، ފާތިނާ ސްޓޯރ، ފައްތިޔާ ފިހާރަ މީގެ އިތުރުން މަޑުއްވަރީ ރައްޔިތުންނަށް އިންތިޒާމުކުރި ފަރާތުގެ ވަރަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށް ވެސް ޝަމްވީލް ފާހަގަކުރަށްވައެވެ.

އިއްޔެގެ ހަރަކާތްތަށް ލިބުން ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ “ލޯތްބާއިއެކު” ޕްރޮގުރާމު މެދުވެރި ކޮށެވެ.

ޚިޔާލު ފާޅުކުރައްވާ