Follow us on
މިއަދު މިހާތަނަށް ނަތީޖާ ލިބުނު 16 ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ކޯވިޑް 19 އަށް ދެ މީހަކު ފައްސިވުމާއި ގުޅިގެން ނެގި 33 ރެންޑަމް ސާމްޕަލްގެ ތެރެއިން މިއަދު މިހާތަނަށް ނަތީޖާ ލިބުނު 16 ސާމްޕަލްވެސް ނެގެޓިވްކަމަށް މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދީފިއެވެ.

ރެންޑަމްކޮށް ނެގި 33 ސާމްޕަލްގެ ތެރެއިން ނަތީޖާ ނުލިބިވަނީ 17 ސާމްޕަލްއެވެ. މީގެ އިތުރުން އިއްޔެވެސް 4 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާއިރު އެ 4 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައެވެ. މި 4 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލްއަކީ މީދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ނެގުނު 3 ސާމްޕަލްއެވެ. ދެން ނެގި ސާމްޕަލްއަކީ ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ކުޑަކުއްޖާ ގާތުން ބައްދަލުވި ކުއްޖެއްގެ ސާމްޕަލްއެވެ.

ރ. މީދޫގައި ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހަކާއި ގާތުން ބައްދަލުވި 2 މީހަކު ފައްސިވެ 23 މީހަކު އައިސޮލޭޓުކޮށްފައިވާއިރު 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ