Follow us on
ރ. މީދޫ ހިމެނޭހެން ރ. އަތޮޅުގެ 9 ރަށަކުން ނަގާ ސާމްޕަލްތައް ގާދޫނި ޓްރާންސްޕޯޓުން ހިލޭ އުނގޫފާރަށް ގެންގޮސްދެނީ.
| އިބްރާހިމް ރަފްހާން

ރ. އުނގޫފާރުގެ ދެކުނުން ހުރިހާ ރަށަކުން ނަގާ ސާމްޕަލްތައް ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ދަތުރުފަތުރުގެ ހިދުމަތްދެމުން ގެންދާ ގާދޫނި ޓްރާންސްޕޯޓުން ހިލޭ އުނގޫފާރާއި ހަމައަށް ގެންގޮސްދިނުމަށް ނިންމައިފިއެވެ.

ގާދޫނި ޓްރޯންސްޕޯޓުގެ ވެރިޔާ އިބްރާޙިމް ރަޝީދު ބުނީ، މި އުނދަގޫ ވަގުތުގައި ރަށާއި އަތޮޅަށް ކަމެއްކޮށްދިނުމުގެ ގޮތުން މުޅިން ހިލޭ މި ދަތުރުތައްކޮށް ދިނުމަށް ތައްޔާރަށް ތިބިކަމަށާއި އެހީތެރިކަމެއް ބޭނުންވާނަމަ އެ ފަރާތާއި ގުޅުއްވުމަށް ކަމާއިބެހޭ ފަރާތްތަކުގައި އެދޭކަމަށެވެ.

މިހާރު ރަށްރަށުން ނަގާ ސާމްޕަލްތައް އުނގޫފާރާއި ހަމައަށް ގެންދަނީ އަތޮޅު ފެރީންނެވެ. އަތޮޅު ފެރީ ދަތުރު ނުކުރާ ދުވަސްތަކުގައި ސާމްޕަލްތައް އުނގޫފާރަށް ގެންދިއުން ލަސްވާ ފަހަރުތައް ދިމާވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ