Follow us on
ޑައިރެކްޓް ކޮންޓެކްޓްވެ އައިސޮލޭޓު ކުރެވުނު 4 މީހެއްގެ ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ފައްސިވި 2 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެ އައިސޮލޭޓްކޮށްފައިވާ 4 މީހެއްގެ ސާމްޕަލްގެ ނަތީޖާ ނައްސިވެއްޖެއެވެ.

މި ފަރާތްތަކުގެ ނަތީޖާ ނައްސިވި ނަމަވެސް އައިސޮލޭޝަންއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 14 ދުވަސް ހަމަވެ ރިލީޒް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުމުންކަމަށް މަޢުލޫމާތު ލިބެއެވެ.

ފައްސިވި 2 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެ 23 މީހަކު ވަނީ އައިސޮލޭޓުކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން މީދޫ މިހާތަނަށް 44 ސާމްޕަލްއެއް ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ