Follow us on
2 މީހަކު ފައްސިވުމާއި ގުޅިގެން ރ. މީދޫއިން މިިހާތަނަށް 44 ސާމްޕަލް ނަގައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހަކާއި ގާތުން ބައްދަލުވި ދެ މީހުން ފައްސިވުމާއި ގުޅިގެން ރ. މީދޫއިން މިހާތަނަށް 46 ސާމްޕަލްއެއް ނަގައިފިއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދިން ގޮތުގައި މިހާތަނަށް ނަގާފައިވާ 44 ސާމްޕަލްގެ ތެރެއިން 12 ސާމްޕަލްއަކީ ބަލީގެ ޢަލާމާތްތައް ހުރެގެން ނަގާފައިވާ ސާމްޕަލްކަމަށެވެ. އަދި ބާކީ 32 ސާމްޕަލްއަކީ ވަކި ތަރުތީބެއް ނެތް ގޮތަށް ނަގާފައިވާ ސާމްޕަލްތަކެކެވެ.

މި ކޭސްއާއި ގުޅިގެން މިހާތަނަށް މީދޫއިން ނެގި އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ ލިބިފައެއްނުވެއެވެ.

ރ. މީދޫއިން ފައްސިވި ދެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 23 މީހަކު އައިސޮލޭޓުކޮށްފައިވާއިރު 2 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ/

 

ޚިޔާލު ފާޅުކުރައްވާ