Follow us on
ރ. މީދޫ ފުޓުބޯޅަ ދަނޑުގައި ޓާރފްއެޅުމަށް ބަޔަކާއި ހަވާލުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ޓާރފް ދަނޑުގައި ޓާރފް އެޅުމަށް ޔޫތު މިނިސްޓްރީން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ރ. މީދޫގައި ތަރައްޤީ ކުރަމުންދާ ޓާރފް ދަނޑުގައި ޓާރފް އެޅުމަށް ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއިއެވެ. މި ކުންފުންޏާއި ސްޕޯޓްސް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2 ޖޫންގައެވެ.

ރ. މީދޫގައި ތަރައްޤީ ކުރަމުންދާ ޓާރފް ދަނޑު

ރ. މީދޫ ޓާރފް ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ކުރަމުންދަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތް މިވަގުތު ހުއްޓިފައިވީނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ދަނޑަށް ބޭނުންވާ ވެލި ގެނެސް އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

މި މަޝްރޫޢުއަކީ 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޚިޔާލު ފާޅުކުރައްވާ