Follow us on
ރަށް މޮނިޓަރިންގ އަށް ލުމާއި ގުޅިގެން މީދޫ ސިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީ ގެ ހިދުމަތް އޮންލައިންކޮށް
| ސައްދާމު ޙުސައިން

2 ޖޫންގައި ރ. މީދޫއިން ކޮވިޑް 19 އަށް ދެ ފަރާތެއް ފައްސިވެ ރަށް މޮނިޓަރިންގ އަށް ލުމާއި ގުޅިގެން ގުޅިގެން ރ. މީދޫ ސިއްޙީ މަރުޒުގެ އޯ.ޕީ.ޑީ ގެ ހިދުމަތް އޮންލައިންކޮށް ދޭ ގޮތަށް އެމަރުކަޒުން ހަމަޖައްސައިފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން އޮންލައިންކޮށް އޯ.ޕީ.ޑީ ގެ ހިދުމަތަށް އެދިލެއްވުމަށް 6580396 ނަންބަރަށް ގުޅުއްވައި 7522733 އަށް އަައި.ޑީ ކާޑުގެ ކޮޕީ ވައިބަރ ކުރެއްވުމުން ހިދުމަތް ލިބޭނެ މަގު ފަހިވެގެން ދާނެއެވެ.

ނަމަވެސް އިމަޖެންސީގައި ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބިގެން ދާނެކަމަށްވެސް މީދޫ ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.

އަދި ކޮވިޑް 19ގެ އެއްވެސް އަލާމާތެއް ފެންނަނަމަ މަރުކަޒަށް ދިޔުމުގެ ބަދަލުގައި މަރުކަޒުގެ ނަންބަރު 6580396 އަށް ގުޅުއްވުމަށް ވެސް އެފަރާތުން އެދިލައްވައެވެ.

މީގެ އިތުރުން މީދޫ ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން ކުރިއަށް ގެންދާ ގްރޯތު މޮނިޓަރިންގ ޕްރޮގުރާމާއި މާބަނޑު އަންހެނުންގެ ކުލިނިކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާ ލެވިފައި ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ