Follow us on
ޑައިރެކްޓް ކޮންޓެކްޓްވެ އައިސޮލޭޓު ކުރެވޭ ފަރާތްތަކުން އުސޫލުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ދެ މީހަކު ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ އައިސޮލޭޝަންއަށްލާފައިވާ ފަރާތްތަކުން އުސޫލުތަކަށް ތަބަޢަވުމަށް މީދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

މީދޫ ސިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަޙްމަދު ނާޒިމް ވިދާޅުވީ، އައިސޮލޭޓު ކުރެވޭ ގިނަ ފަރާތްތަކުން އުސޫލުތަކާއި ޚިލާފަށް އަމަލުކުރަމުންދާކަން ފާހަގަކުރެވޭކަމަށާއި މިކަން ލުއިކޮށް ނުނެގުމަށް އާދޭހާއިއެކު އިލްތިމާސްކުރާކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އައިސޮލޭޝަންއަށްލާ ފަރާތްތަކުން ގޭގެ އެއްވެސް ފަރާތަކާއި ކޮންޓެކްޓުނުވެ ތިބުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި ޕޮޒިޓިވްވެއްޖެ ހާލަތެއްގައި މުޅި ގޭ ކަރަންޓީނުކުރަން ޖެހޭނެކަމަށެވެ.

ރ. މީދޫއިން ފައްސިވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ނިންމާ 23 މީހަކު އައިސޮލޭޓްކޮށްފައިވާއިރު 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ.

 

ޚިޔާލު ފާޅުކުރައްވާ