Follow us on
ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އަރަބި ޓީޗަރެއް ހޯދަނީ
| ސައްދާމު ޙުސައިން

ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އަރަބި ޓީޗަރެއް ހޯދަން އިޢުލާންކޮށްފިއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ކޮއްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަޤާމުގެ މުސާރަ އަކީ، -/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދުކަމަށެވެ. އަދި މަޤާމުގެ ރޭންކަކީ ސީ.އެސް 11-2 އިން ސީ.އެސް 15-5 އެވެ.

މި މަޤާމުގެ ޝަރުތުތަކާއި އިތުރު އިނާޔަތްތަކުގެ ތަފްސީލް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިޢުލާނުގައި ހިމަނާފައިވެއެވެ.

މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 10 ޖޫން 2021 ވަނަ ދުވަހުގެ 14:00 އެވެ. މި ވަޒީފާއަށް އެދި ހުށައަޅަން ޖެހޭ ލިޔުންތައް ހުށައަޅާނި ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ނުވަތަ އީމެއިލް މެދުވެރިކޮށް admin@raec.edu.mv ފޮނުވައިގެން ކަމަށްވެސް އެ އިޢުލާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ