Follow us on
. މީދޫގައި ފުރަތަމަ ފަހަރަށް ކާފިއު، ރަށުތެރެ ފެންނަނީ ވަރަށް ހިމޭންކޮށް!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ބަޔަކު ކޯވިޑް 19 އަށް ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ގެނެވި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ކާފިއު ހިންގަން ފަށައިފިއެވެ.

މިއީ ކޯވިޑުގެ ބަލިމަޑުކަން އައިފަހުން މީދޫ މޮނިޓަރިންގއަށްލީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ފަހަރަށް މީދޫގައި ކާފިއު ހިންގާފައިވާއިރު ރަށުތެރޭގައި ބޭރުގައި އެއްވެސް މީހަކު ނޫޅޭކަން ފާހަގަކޮށްލެވެއެވެ.

މީދޫއިން ފައްސިވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދާފައިވާއިރު 2 ގެއެއް ކަރަންޓީނުކޮށް 21 މީހަކު ވަނީ އައިސޮލޭޓުކޮށްފައެވެ.

 

ޚިޔާލު ފާޅުކުރައްވާ