Follow us on
ރ. މީދޫއިން 2 ގެއެއް ކަރަންޓީނުކޮށް 21 މީހަކު އައިސޮލޭޝަންއަށް!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ފައްސިވި މީހަކާއި ގާތުން ބައްދަލުވި ދެމީހުން ފައްސިވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި ފަރާތްތައް ހޯދާ އައިސޮލޭޓްކޮށްފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދިން ގޮތުގައި މި ކޭސްތަކާއި ގުޅިގެން 2 ގެއެއް ކަރަންޓީނަށްލާފައިވާއިރު 21 މީހަކުވަނީ އައިސޮލޭޓްކޮށްފައެވެ.

މި ދެމީހުން ފައްސިވުމާއި ގުޅިގެން ރ. މީދޫއަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ