Follow us on
ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޯވިޑް 19 އަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

މާލެއިން ރ. މީދޫއަށް އައިސް ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށް ސާމްޕަލް ނަގާފައިވާ ކުއްޖެކެވެ. މި ކުއްޖާގެ އިތުރުން އިތުރު 6 މީހަކު އެގޭގައި ކަރަންޓީނުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

މި ކޭސްއާއިއެކު މިވަގުތު ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދުވަނީ 5 އަށް އަރާފައެވެ.

 

ޚިޔާލު ފާޅުކުރައްވާ