Follow us on
މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ރ. މީދޫގައި ކާފިއު ހިންގަނީ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ކޯވިޑް 19 އަށް 2 މީހަކު ފައްސިވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގޮތުގެ މަތީން މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ރ. މީދޫގައި ކާފިއު ހިންގާ ގޮތަށް ނިންމައިފިއެވެ.

ކާފިއު ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެކެވެ. އަދި އެވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށް ދީފައިވެއެވެ.

ކާފިއު ވަގުތުތަކުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ދާން ބޭނުންވާނަ ބޭރަށް ދޭޥޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ.

https://www.police.gov.mv/permit/

 

ޚިޔާލު ފާޅުކުރައްވާ