Follow us on
އެމް.ޑީ.އެންގައި ހިމެނޭ މީހުންނަށް ފިޔަވަޅު ނާޅާ، މި ހަދާ ޤާނޫނުން ޤައުމުގެ މިސްރާބު ވަރަށް ސާފު – ރައީސް ހަސަން
| އިބްރާހިމް ރަފްހާން

މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނެ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައަޅާގައިވާ އިސްލާޙުން މި ޤައުމުގެ މިސްރާބު ވަރަށް ސާފުކަމަށް މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވެއްޖެއެވެ.

ހަސަން ޝަރީފް ވިދާޅުވީ، އެމް.ޑީ.އެންއާއި އުތެމާގައި ހިމެނޭ ފަރާތްތަކާއިމެދު އެއްވެސް ފިޔަވަޅެއް ނާޅާ އެމީހުންނާއި ދެކޮޅަށް ބަސް ބުނުން މަނާ ކުރުމުން ޤައުމުގެ މިސްރާބު އެނގި ހާމަވާކަމަށާއި މިކަމާއި ދެކޮޅަށް ބަސްބުނެ ރައްޔިތުން ހޭލަންވެއްޖެކަމަށެވެ.

މީގެ އިތުރުން ރައްޔިތުން މި ޤާނޫނާއި ދެކޮޅަށް ބަސް ބުނާނެކަން ޔަޤީންކަމަށާއި މީދޫ ކައުންސިލުންވެސް މި ޤާނޫނާއި ދެކޮޅަށް ބަސްބުނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހިސާން ހުސައިން ހުށައެޅި މި އިސްލާޙާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ