Follow us on
ރ. މީދޫ ކައުންސިލް މެމްބަރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން 2 އިދާރާ ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުންނާއި އެކި ކަންކަމުގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށެވެ.

މީގެ އިތުރުން ބެލެނިވެރިން ހޭލުންތެރިކުރުމާއި ބެލެނިވެރިންގެ ތަޢުލީމަށް ކުރެވޭނެ ކަންތައްތަކާއި ދަރިވަރުންނަށް އަންނަ ބައެއް އަޚުލާޤީ ބަދަލުތަކާއި ގުޅޭ ގޮތުންވެސް ވާހަކަދެކެވުނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއީ އާ މެމްބަރުން ކައުންސިިލާއި ހަވާލުވެލެއްވިފަހުން ރަށުގެ މުއައްސަސާއަކާއިއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ. މި ހަފްތާގެ ތެރޭގައި ކައުންސިލުން ރަށުގެ އެހެނިހެން މުއައްސަސާތަކާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

 

ޚިޔާލު ފާޅުކުރައްވާ