Follow us on
ރ. މީދޫއިން ކޯވިޑް 19 އަށް ފައްސިވި 3 މީހުންގެ ހާލުވެސް ރަނގަޅު!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޯވިޑް 19 އަށް ފައްސިވި 3 މީހުންގެ ހާލުވެސް ރަނގަޅުކަމަށް މީދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

ކޯވިޑަށް ފައްސިވެފައިވާ 3 މީހުންގެ ހާލަތުވެސް މީދޫ ސިއްޙީ މަރުކަޒުން އަންނަނީ ގާތުން ބަލަމުންނެވެ.

މިފަހުން މީދޫއިން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ކިބައިން ޢަލާމާތްތައް ފެންނާތީ ޓެސްޓު ކުރި މީހެކެވެ. އޭގެ ފަހުން ފައްސިވި 2 މީހުންނަކީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ހެދި ޓެސްޓުން ފައްސިވިކަމަށް ދެއްކި ދެމީހުންނެވެ.

ކޯވިޑް 19 ގެ ހާލަތު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގޯސްވެފައިވާއިރު، ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އުސޫލުތަކަށް ތަބާވުމަށާއި އާއްމު ރައްޔިތުންވެސް ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ބައްދަލުނުކުރުމަށް މީދޫ ކައުންސިލުންވެސް ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ