Follow us on
ރ. އަތޮޅު ކޯވިޑް ފޯކަލް ޕޮއިންޓަކަށް ސްޓޭޓް މިނިސްޓަރު މުޙައްމަދު ހާޝިމް!
| އިބްރާހިމް ރަފްހާން

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް 19 ފެތުރެމުންދާތީ، އަތޮޅުތެރޭގެ ކަންކަން ގާތުން ބެލުމަށްޓަކައި ރައީސުލްޖުމުޙޫރިއްޔާ ކޮންމެ އަތޮޅަކަށްވެސް ފޯކަލް ޕޮއިންޓުގެ ގޮތުގައި ސަރުކާރުގެ އިސް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

މިގޮތުން ރ. އަތޮޅުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ހާޝިމްއެވެ. މުޙައްމަދު ހާޝިމްއަކީ ޓިވެޓް އޮތޯރިޓީ ހިންގެވުމާއިވެސް ހަވާލުވެހުންނެވި ބޭފުޅާއެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކުގައިވެސް ކޯވިޑުގެ ކޭސްތަކެއް ފެނިފައިވާއިރު ރ. އަލިފުށި، ރ. ހުޅުދުއްފާރު އަދި ރ. ދުވާފަރު މިވަގުތު އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

އަދި ރ. އުނގޫފާރު މޮނިޓަރިންގގެ ހާލަތުން ނެގުމަށް ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ސާމްޕަލްއެއް ކޯވިޑަށް ފައްސިވެފައިވާއިރު އެ ފަރާތުގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ފައްސިވެއްޖެނަމަ އުނގޫފާރު އަނެއްކާވެސް މޮނިޓަރިންގ ހާލަތަށް ގެންނާނެކަމަށް ބެލެވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ