Follow us on
ދުވާފަރުން އިތުރު ތިން މީހަކު ފައްސިވެއްޖެ، އެކްޓިވް ކޭސްތަކުގެ އަދަދު 6 އަށް
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުން އިތުރު 3 މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

ދުވާފަރު ސިއްޙީ މަރުކަޒުން އާއްމުކޮށްފައިވާ ގޮތުގައި އެންމެ ފަހުން ފައްސިވެފައިވާ ތިން މީހުންނަކީވެސް ސަމަންދަރު ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ތިން ބިދޭސީންނެވެ.

އެ ބޯޓުން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ޢަލާމާތްތައް ފެނިގެން ޓެސްޓުކުރި އެ ބޯޓުގެ 2 ފަޅުވެރިއެކެވެ. އޭގެ ފަހުން އެ ބޯޓުގެ ކޭޝިއަރު ފައްސިވެފައިވާކަންވެސް މިއަދު ވަނީ އެނގިފައެވެ.

ޚިޔާލު ފާޅުކުރައްވާ