Follow us on
ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ
| އިބްރާހިމް ރަފްހާން

ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ މަޝްރޫޢު ކުރިއަށް ގެންދާ އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 143 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 445 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޚިޔާލު ފާޅުކުރައްވާ