Follow us on
ކުޑަކުދިންގެ ޕާކުގެ ފެންސުގެ ހެދުމަށް ސެޓު ކޫލްއާއި ހަވާލުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާކުގެ ފެންސުގެ މަސައްކަތް ސެޓް ކޫލް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ޝަރީފްއެވެ. އަދި ސެޓް ކޫލްގެ ފަރާތުން ސޮއިކުރީ އާޔަތުﷲ ޢަލީއެވެ.

ކައުންސިލްގެ ބަޖެޓުން 108،935 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ސެޓް ކޫލްއާއި ހަވާލުކޮށްފައިވަނީ 58 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

ރ. މީދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު މިހާރުވަނީ މީދޫއަށް ގެނެސްފައެވެ.

ޚިޔާލު ފާޅުކުރައްވާ