Follow us on
ހއ. އަތޮޅުން ދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު!
| އިބްރާހިމް ރަފްހާން

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 18:00 އިން 22:00 އާއިހަމައަށެވެ. މެޓު އޮފީހުން ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން ކަނޑުތައް ގަދަވެ އުދައެރުންވެސް އެކަށީގެންވާކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ