Follow us on
16 ދުވަހަށްފަހު ރ. މަޑުއްވަރީ މޮނިޓަރިންގ ހާލަތުން ނަގައިފި
| އިބްރާހިމް ރަފްހާން

ކޯވިޑު 19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށްޓަކައި ރ. މަޑުއްވަރީއަށް އަރާ ފޭބުން މަނާކޮށްފައި އޮތްއޮތުން އުވާލައިފިއެވެ.

މަޑުއްވަރީއަށް އަރާ ފޭބުން މަނާކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މަޑުއްވަރީއަށް އަރަފޭބުން މަނާކުރީ ކަރަންޓީނާއި ނުލާ އެރަށަށް ދަތުރުކުރި ފަރާތެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ގިނަ ސުވާލުތަކެއް އުފެދުނު މި ކޭސްއާއި ގުޅިގެން އެރަށުން އިތުރު މީހަކު ޕޮޒިޓިވްވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި އެރަށުގައި ކޯވިޑު 19 ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް ނެގި 53 ސާމްޕަލްއެއްވެސް ވަނީ ނެގެޓިވްވެފައެވެ. މަޑުއްވަރީ މޮނިޓަރިންގ ހާލަތުން ނެގުމާއިއެކު މިވަގުތު މޮނިޓރިނގގެ ހާލަތުގައި އޮތީ ރ. އަތޮޅުގެ 5 ރަށެކެވެ.

ފޮޓޯ: ކްލިކް ފޮޓޯސް

ޚިޔާލު ފާޅުކުރައްވާ