Follow us on
ރ. ދުވާފަރުން ފައްސިވެފައިވަނީ ސަމަންދަރު ބޯޓުގެ ފަޅުވެރިއެއް
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުން ކޯވިޑު 19 އަށް ފައްސިވެފައިވަނީ މާލެ ދަތުރުކުރާ ސަމަންދަރު ބޯޓުގެ ފަޅުވެރިއެއްކަމަށް ދުވާފަރުން ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

ދުވާފަރު ސިއްޙީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި ފައްސިވެފައިވަނީ ކޯވިޑުގެ އަލާމާތްތަކެއް ފެންނާތީ 24 މެއި 2021 ގައި ޓެސްޓުކުރި 2 ފަޅުވެރިންގެ ތެރެއިން އެކަކެވެ.

ފައްސިވި ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ފަށާފައިވާއިރު އެރަށަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. ދުވާފަރުގެ އިތުރުން ރ. އަތޮޅުގެ އިތުރު 5 ރަށެއް މިވަގުތު އޮތީ އަރާ ފޭބުން މަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ