Follow us on
މޮނިޓަރިންގއަށްލާ ރަށްރަށުގައި ރޭގަނޑު 9 އިން 4 އަށް ބޭރުގައި އުޅުން މަނާ ކުރަނީ
| އިބްރާހިމް ރަފްހާން

26 މެއި އިން ފެށިގެން މޮނިޓަރިންގ ހާލަތަށް ގެނެވޭ ރަށްރަށުގައި ރޭގަނޑު 9:00 އިން 4:00 އަށް އާއްމުން ބޭރުތެރޭގައި އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މިގޮތަށް ނިންމި ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލާ މި ފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލު ގެނެވޭނެކަމަށެވެ.

އަތޮޅުތެރޭގައިވެސް ހަލުވިކަމާއެކު ކޯވިޑު ފެތުރެމުންދާއިރު މިވަގުތު 75 ރަށަކަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ ފަސް ރަށެއްވެސް ހިމެނެއެވެ

ޚިޔާލު ފާޅުކުރައްވާ