Follow us on
ރ. މީދޫއިން މިހާތަނަށް މާސްކު ނާޅާ އުޅުނު 6 މީހަކު ޖޫރިމަނާކޮށްފި
| އިބްރާހިމް ރަފްހާން

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު މިހާތަނަށް ރ. މީދޫއިން މާސްކު ނާޅާ އުޅުނު 6 މީހަކު ޖޫރިމަނާކޮށްފިއެވެ.

އެގޮތުން ކޮންމެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު 20 މީހަކަށް ނަސޭހަތްދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މާސްކު ނާޅާހުރެ މާސްކު އެޅުމާއި ދެކޮޅަށް ވާހަަކަ ދައްކާ ޖަދަލުކުރާ ފަރާތްތައްވެސް ނަސޭހަތް ދިނުމަކާއިނުލާ ޖޫރިމަނާކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހަލުވިކަމާއިއެކު ކޯވިޑު ފެތުރެމުންދާއިރު މިވަގުތުވެސް 75 ރަށަކަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ 5 ރަށެއް ހިމެނޭއިރު ރ. މީދޫގައިވެސް އަންނަނީ ރައްކާތެރިިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ