Follow us on
ރ. މީދޫ ބަނދަރުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ބަހައްޓަނީ
| އިބްރާހިމް ރަފްހާން

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުންދާތީ މީދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ބަނދަރު ސަރަހައްދުގައި ސޯޝަލް ސަޕޯޓު ޑެސްކެއް ބެހެއްޓުމަށް ޓާސްކް ފޯސްގެ ލަފަޔާއިއެކު ކައުންސިލުން ނިންމައިފިއެވެ.

މީދޫ ކައުންސިލުން ބުނީ، ސޯޝަލް ސަޕޯޓު ޑެސްކެއް ބެހެއްޓުމަށް ނިންމާފައިވަނީ ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރުމުގެ ގޮތުންނެވެ. ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުންދާއިރު މިވަގުތު 75 ރަށަކަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ 5 ރަށެއްވެސް ހިމެނެއެވެ.

ކޯވިޑުގެ ހާލަތު ގޯސްވެ މިހާރު އެއް ރަށުން އަނެއް ރަަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުކުރުން މަނާކޮށްފައިވާއިރު ޒަރޫރީ ބޭނުމެއްގައި ދަތުރުކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ސޯޝަލް ސަޕޯޓު ޑެސްކުގައި ހިމެނުމަށް ބޭނުންވާ ވޮލިންޓިއަރުން އެބޭފުޅެއްގެ ނަމާއި ފޯނު ނަމްބަރު މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް (9744393) އަށް ފޮނުއްވުމަށް ކައުންސިލުންވަނީ އެދިލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ