Follow us on
ޤަވާއިދާ ހިލާފަށް ރ. މީދޫއަށް ފޭބި މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށްފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ރ. މީދޫއަށް ފޭބި މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޫރިމަނާކޮށްފައިވަނީ ރ. މަޑުއްވަރީން މީދޫއަށް އައި ދޯންޏަކުން ރަށަށް ފޭބި މީހެކެވެ. މި މީހާއާއިމެދު ފިޔަވަޅު އަޅާފައިވަނީ މޮނިޓަރިންގގެ ހާލަތުގައިވާ ރަށަކުން ހުއްދަ ނެތި ދަތުރުކޮށް ރަށުތެރެއަށް ފައިބައިގެން އުޅުމުގެ ސަބަބުންނެވެ.

ކޯވިޑް 19 އާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާއިރު ދަތުރުކުރެވޭނީ ކައުންސިލްގެ ލިޔުމެއް ލިބިގެންނެވެ. ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު މިހާރުވެސް 70 އަށްވުރެ ގިނަ ރަށްވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ 4 ރަށެއްވެސް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ