Follow us on
މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ 8 ވަނަ ދައުރުގެ ރައީސްއަކަށް އަޙްމަދު ރަޝީދު!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާޢީ ހަރަކާތްތައް ހިންގަމުން ގެންދާ މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ 8 ވަނަ ދައުރުގެ ރައީސްއަކަށް އަޙްމަދު ރަޝީދު ހަމަޖައްސައިފިއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ އަޙްމަދު ރަޝީދު ރަސްމީކޮށް މަޤާމާއި ހަވާލުވެލައްވާފައިވަނީ ރޭ އެމް.ޖޭ.އެސް ހޯލްގައި ކުރިއަށްދިޔަ 8 ވަނަ ދައުރުގެ ކައުންސިލްގެ އިފްތިތާހީ ޖަލްސާގައެވެ.

އަޙްމަދު ރަޝީދުވަނީ މީގެ ކުރިންވެސް އެމް.ޖޭ.އެސްގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ރަޝީދު ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އިޖުތިމާޢީ މަސައްކަތްތަކަށް އަސަރުތަކެއް ކުރާކަން ފާހަގަކުރެވިފައިވާކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް ޖަމްޢިއްޔާއަށްޓަކައި އަދި ރަށުގެ ކުރިއެރުމަށްޓަކައި އެންމެން އެއްބައިވެގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ޖަމްޢިއްޔާގެ މަސައްކަތްތަކަށް ވަގުތު ދީގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް އަޙްމަދު ރަޝީދު ދެއްވިއެވެ.

ރޭގެ ޖަލްސާގައި އަޙްމަދު ރަޝީދުވަނީ 8 ވަނަ ދައުރުގައި ކުރުމަށް ރާވާފައިވާ ބައެއް ބޮޑެތި މަސައްކަތްތަކަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން ރާވާފައިވާ ބައެއް މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ބްލޫ ވޯޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާއި، ޖަމްޢިއްޔާއިން ޒަމާނީ ފެންވަރުގެ އިންޑޯ ޖިމެއް ޤާއިމްކުރުމާއި ބްލޫ ވޭވްސްއަށް އައު އިމާރާތެއް އިތުރުކުރުމާއި ކުޑަކުދިންގެ ޕާކު އަލުން ހުޅުވުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް ޖަމްޢިއްޔާއިން މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވަނީ ދީނީ އަދި ކުޅިވަރު މުބާރާތްތައް ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް އާ ކައުންސިލުންވަނީ ރާވާފައެވެ.

ރޭ ބޭއްވި އިފްތިތާހީ ޖަލްސާގައި އަލަށް ހަވާލުވި ކައުންސިލްގެ މެމްބަރުންނަށް ވަނި މަޤާމާއި ހަވާލުވިކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ