Follow us on
ފަލަސްތީނުގެ ބިން ފޭރިގަނެވުނު ގޮތް” މިރޭ“
| ސައްދާމު ޙުސައިން

“ފަލަސްތީނުގެ ބިން ފޭރިގަނެވުނު ގޮތް” މި ނަމުގައި އައްޝައިހް އަހުމަދު ސަމީރުގެ ހާއްސަ ދަރުސެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ދަރުސް އިންތިޒާމުކޮށްފައިވަނީ ރާއްޖޭގެ 75 ޖަމިއްޔާއަކާއި ބައެއް ކައުންސިލްތައް ގުޅިގެންނެވެ. އޭގެ ތެރޭގައި ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔަތު ސަލަފުވެސް ހިމެނެއެވެ.

ޝައިހް އަހުމަދު ސަމީރުގެ މި ދަރުސް މިރޭ 8:30 ގައި ހުރިހާ ޖަމިއްުޔާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަގުުތުން ދުރައް ފޮނުވާނެ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގި އުދުވާނާ ދެކޮޅަށް މުޅި ރާއްޖެ ވަނީ ތެދުވެފައެވެ. ދީނީ އިލްމުވެރިން ގެންދަވަނީ ފަލަސްތީނުގެ ތާރީހާއި ފަލަސްތީނުގެ މިނިވަން ކަމާ ގުޅިފައިވާ ތަފާތު އެކި ކަންކަމާއި ގުޅޭ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް ފޯރަމްތަކާއި ދަރުސްތައް ބާއްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ