Follow us on
ކޮވިޑް 19 ފެތުރިފައިވޭތޯ ބެލުމަށް މަޑުއްވަރީގައި ރެންޑަމް ސާމްޕަލް ނަގަނީ
| އިބްރާހިމް ރަފްހާން

ކޮވިޑް 19 އާއި ގުޅިގެން މޮނިޓަރިންގއަށް ލާފައިވާ ރ. މަޑުއްވަރީގައި ކޯވިޑް ފެތުރިފައިވޭތޯ ބެލުމަށް ތަރުތީބެއްނެތި ސާމްޕަލް ނެގުމަށް މަޑުއްވަރީ ސިއްޙީ މަރުކަޒުން ނިންމައިފިއެވެ.

މަޑުއްވަރީ ސިއްޙީ މަރުކަޒުން ބުނެފައިވަނީ މިއަދު ރަށުތެރޭގައި ރެޕިޑް ރެސްޕޮންސް ޓީމް ހަރަކާތްތެރިވާނެކަމަށާއި އެއްމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

ރ. މަޑުއްވަރީ މޮނިޓަރިންގއަށް ލާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދައާއިއެކު ކަރަންޓީނުނުވާ ގޮތަށް އެރަށަށް އައި މީހެއް ޕޮޒިޓިވްވެފައިވާތީ މެއި 10 ވަނަ ދުވަހުއެވެ. މަޑުއްވަރީ މޮނިޓަރިންގއަށް ލުމާއި ގުޅިގެން މަޑުއްވަރީ ކައުންސިލުންވެސް ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މަޑުއްވަރީގެ އިތުރުން ރ. އުނގޫފާރާއި، ރަސްމާދޫ އަދި ހުޅުދުއްފާރުވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

ފޮޓޯ: އަޙްމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ޚިޔާލު ފާޅުކުރައްވާ