Follow us on
ކޯވިޑުގެ ކޭސްތައް ފެނި ރ. އަތޮޅުގެ 4 ރަށެއް މޮނިޓަރިންގ ހާލަތުގައި!
| އިބްރާހިމް ރަފްހާން

ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ރ. އަތޮޅުގެ 4 ރަށަކަށް އަރާފޭބުން މަނާކޮށްފިއެވެ.

މިގޮތުން އަރާފޭބުން މަނާކޮށްފައިވާ ރަށްތަކަކީ ރ. ހުޅުދުއްފާރު، ރ. އުނގޫފާރު، ރ. މަޑުއްވަރީ އަދި ރ. ރަސްމާދޫއެވެ. މި ރަށްތަކުންވަނީ ކަރަންޓީނުގައި ނެތް ބަޔަކު ފައްސިވެފައެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ފަހުން މޮނިޓަރިންގއަށް ލާފައިވަނީ ރ. ރަސްމާދޫއެވެ. މިއަދު ރަސްމާދޫ މޮނިޓަރިންގއަށް ލާފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓުކުރި ބަނގްލަދޭޝް ރައްޔިތެއް ކޯވިޑަށް ފައްސިވުމާއި ގުޅިގެންނެވެ.

ރ. އަތޮޅުގެ މި 4 ރަށުގެ އިތުރުން ޖުމްލަ 64 ރަށެއް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

 

ޚިޔާލު ފާޅުކުރައްވާ