Follow us on
ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ރ. މީދޫ ކައުންސިލުން ކުށްވެރިކޮށްފި
| ސައްދާމު ޙުސައިން

ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް މީދޫ ރައްޔިތުންނާއި މީދޫ ކައުންސިލުން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

މިއަދު މީދޫ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކުރައްވާ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނު ތަކާއި ހިލާފަށް ހިންގާ މި ޢަމަލަކީ ޔަޙޫދީން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށެވެ.

މީގެ އިތުރުން މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަ ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ އާއި އެމިސްކިތް ހިމެނޭ ބަރަކާތް ލެއްވިގެންވާ ބިމުގެ ވަޒަން ވެރިން އެބިމުން ގަދަބާރުން ބޭރުކޮށް ހިންގާ ޖަރީމާ ތަކަކީ ބައިނަލްއަގްވާމީ މަސްރަހުގައި ހައްލުނުވެ އޮތް ބޮޑު މައްސަލައެއް ކަމުގައި ފާހަގަކޮށް މި އަމަލުތަށް ހުއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ނުކުޅެދުމަކީ އިންސާނީ ނަސްލަށްއޮތް ލަދުވެތިކަމެއް ކަމަށް މީދު ކައުންސިލުން ދެކޭކަމަށްށެވެ.

މިބަޔާން ނިންމާލާފައި ވަނީ ފަލަސްތީނުގެ ބިން އިސްރާއީލްގެ ކިބައިން ސަލާމަތް ކުރައްވައި މުސްލިމުންނަށް ނަސްރު ދެއްވުމަށް ދުޢާ ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ