Follow us on
މީދޫގެ 2 ނަމްބަރު ވޯޓު ފޮށިން ކުރި ހޯދީ ޕީ.ޕީ.އެމް ކެންޑިޑޭޓުން
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ބަހައްޓާފައިވާ 2 ނަމްބަރު ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާ ޕީ.ޕީ.އެމްގެ ކެންޑީޑޭޓު ހުސައިން ނާސިފަށް 245 ވޯޓު ލިބިފައިވާއިރު އަހްމަދު ޝާހިދަށް ލިބިފައިވަނީ 155 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލް ރައީސްގެ ގޮނޑިއަށް ވާދަކުރާ ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ހަސަން ޝަރީފަށް 248 ވޯޓު ލިބިފައިވާއިރު އެމް.ޑީ.ޕީގެ ކެންޑިޑޭޓު ޤާސިމް ސަޢީދަށް ލިބިފައިވަނީ 164 ވޯޓެވެ.

އަންހެނުންގެ ގޮނޑިއަށް ވާދަކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރަޝީދާ އަބްދުﷲ އަށް 210 ވޯޓު ލިބިފައިވާއިރު މަރިޔަމް ސަޢީދާއަށް ވަނީ 222 ވޯޓު ލިބިފައެވެ. އެމް.ޑީ.ޕީގެ ކެންޑިޑޭޓު ޖަމީލާ ހުސައިންއަށް 178 ވޯޓު ލިބިފައިވާއިރު އީނާސް ރާފިޢުއަށް ލިބިފައިވަނީ 157 ވޯޓެވެ.

ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޕީ.ޕީ.އެމްގެ ކެންޑިޑޭޓު އަލީ ރަޝީދަށް 254 ވޯޓު ލިބިފައިވާއިރު މުޙައްމަދު ޝިހާމަށްވަނީ 213 ވޯޓު ލިބިފައެވެ. އަދި އެމް.ޑީ.ޕީގެ ކެންޑިޑޭޓު އަބްދުﷲ ރަޝީދަށް 147 ވޯޓު ލިބިފައިވާއިރު އަމިއްލަ ކެންޑިޑޭޓު ހުސައިން އަފީފަށް ލިބިފައިވަނީ 109 ވޯޓެވެ.

ޚިޔާލު ފާޅުކުރައްވާ