Follow us on
އެމެރާލްޑް ރިޒޯޓުގެ ވޯޓު ފޮށީގެ ނަތީޖާ ލިބިއްޖެ
| އިބްރާހިމް ރަފްހާން

ރ. ފަސްމަންދޫގައި ހިންގަމުން ގެންދާ އެމެރާލްޑް ރިޒޯޓުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓު ލާފައިވާ މީދޫ މީހުންގެ ވޯޓުގެ ނަތީޖާ ލިބިއްޖެއެވެ.

މި ފޮށިން ޤާސިމް ސަޢީދަށް 3 ވޯޓު އަދި ހަސަން ޝަރީފަށްވެސް 3 ވޯޓު ލިބިފައިވެއެވެ. އަތޮޅު ކައުންސިލް 2 ކެންޑިޑޭޓުންކަމަށްވާ ނާސިފް އަދި ޝާހިދުއަށްވެސް ލިބިފައިވަނީ 3 ވޯޓެވެ.

ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަލީ ރަޝީދަށް 4 ވޯޓު، މުޙައްމަދު ޝިހާމަށް 5 ވޯޓު ލިބިފައިވާއިރު އަންހެން ކެންޑިޑޭޓުންގެ ތެރެއިން މަރިޔަމް ސަޢީދާއަށް 5 ވޯޓު، ރަޝީދާ އަަބްދުﷲ އަށް 4 ވޯޓު، ޖަމީލާ ހުސައިން އަށް 1 ވޯޓު އަދި އީނާސްއަށް 2 ވޯޓު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ