ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
މީދުއްޕަރު ރިޒޯޓުގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާ ލިބިއްޖެ

ރ. އަތޮޅުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދަ މީދުއްޕަރު ރިޒޯޓުގައި ނެގި ވޯޓުގެ ވަގުތީ ނަތީޖާ ލިބިއްޖެއެވެ.

މި ފޮށިން އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިހޯދާފައިވަނީ 32 ވޯޓާއެކު ނާސިފްއެވެ. އަލީ ޝާހިދުއަށް ލިބިފައިވަނީ 9 ވޯޓެވެ. ރަށު ކައުންސިލް ރައިސްގެ ގޮނޑިއަށް ހަސަން ޝަރީފަށް 29 ވޯޓު ލިބިފައިވާއިރު ޤާސިމަށް ލިބިފައިވަނީ 14 ވޯޓެވެ.

މި ފޮށިން ރަޝީދާއަށް 26 ވޯޓު، މަރިޔަމް ސަޢީދާއަށް 22 ވޯޓު، ޖަމީލާ ހުސައިންއަށް 21 ވޯޓު އަދި އީނާސްއަށް 9 ވޯޓު ލިބިފައިވެއެވެ.

އަދި އަލީ ރަޝީދަށް 33 ވޯޓު، މުޙައްމަދު ޝިހާމަށް 20 ވޯޓު، އަބްދުﷲ ރަޝީދަށް 18 ވޯޓު އަދި ހުސައިން އަފީފަށް 9 ވޯޓު ލިބިފައިވެއެވެ.

މި ފޮށިން 2 ވޯޓެއް ވަނީ ބާޠިލުވެފައެވެ.