Follow us on
ވޯޓުފޮށިތައް ބަންދުކޮށްފި، މީދޫގެ ދެ ފޮށްޓަށް ވޯޓުލީ ޖުމްލަ 931 މީހުން!
| އިބްރާހިމް ރަފްހާން

އިރުއޮއްސި 18:00 ޖެހުމާއެކު ރ. މީދޫގެ ިއިންތިހާބާއި ބެހޭ މަރުކަޒުގައި ބަހައްޓާފައިވާ ދެ ވޯޓުފޮށި ބަންދުކޮށްފިއެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން 18:00 އާއި ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި މީދޫ ގައި ބެހެއްޓިފައިހުރި ދެ ވޯޓު ފޮށްޓަށް ޖުމްލަ 931 މީހުންވަނީ ވޯޓުލާފައެވެ. މި ދެ ފޮށްޓަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ ޖުމްލަ 1109 މީހަކަށެވެ.

ވޯޓު ފޮށިތައް ބަންދުކޮށް މިހާރު ތައްޔާރުވަމުންދަނީ ވޯޓު ގުނުމަށެވެ، ވޯތު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ 18:30 ގައެވެ.

ޚިޔާލު ފާޅުކުރައްވާ