ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ހަވީރު 16:00 އާއި ހަމައަށް މީދޫގެ ދެ ފޮށްޓަށް ވޯޓުލީ ޖުމްލަ 803 މީހުން

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މިހާތަނަށް މީދޫއިން 803 މީހުން ވޯޓުލައިފިއެވެ.

މީދޫގައި ދެ ވޯޓުފޮށި ބަހައްޓާފައިވާއިރު ދެ ވޯޓު ފޮށްޓަށް އެއްކޮށް ޖުމްލަ 1109 މީހުންނަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި މީދޫގެ 1 ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާ ރަށުން ބޭރު މީހުންވެސް ހިމެނެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީދޫ މީހުން ވޯޓުލުމަށް ހާއްސަ ކުރެވިފައިވާ ވޯޓުފޮށްޓަށް މިހާތަނަށް 223 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރޭގައި ރ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގެ މީހުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މެންދުރުކުރިއާއި ހަމައަށް ވޯޓުލާން އައި މީހުންގެ އަދަދު މަދުވި ނަމަވެސް މެންދުރުފަހުން ފެށިގެން 1 ނަމްބަރު ވޯޓު ފޮށީގެ ކިޔު ދިގުވެފައިވާކަން ފާހަގަކޮށްލެވެއެވެ.