ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލީ 37 އިންސައްތަ މީހުން

މުޅި ރާއްޖެއިން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ އެންމެ 37 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވާގޮތުން މުޅި ރާއްޖެއިން ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273،128 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 100،829 މީހުންނެވެ. މި އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ފޯރި ކުޑަ އިންތިހާބުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލެއާއި ރަށްރަށުގައިވެސް ވޯޓުލާން ނިކުންނަ މީހުން އަދަދު ފެންނަނީ ކުރީގެ އިންތިހާބުތަކާއި ބަލާއިރު މަދުންނެވެ.

މި އިންތިހާބުގައި ރ. މީދޫއިން މިހާތަނަށް ވޯޓުލާފައިވަނީ 597 މީހުންނެވެ.