ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. މީދޫގެ ކައިރި ރިޒޯޓުތަކުގެ ބައެއް މުވައްޒަފުން ވޯޓުލާން އަންނަން ފަށައިފި

ރިޒޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިނުވާ މުވައްޒަފުން ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށަށް ދިއުމުގެ ހުއްދަ ދިނުމާއިއެކު މީދޫގެ ކައިރި ބައެއް ރިޒޯޓުތަކުގެ މުވައްޒަފުން ވޯޓުލުމަށް އަންނަން ފަށައިފިއެވެ.

ރިޒޯޓު މުވައްޒަފުން ވޯޓުލާން އަންނަން ފަށާފައިވާއިރު ވޯޓުލާ މަރުކަޒަށް ވޯޓުލުމަށްފަހު އިތުރު ތަނަކަށް ދިއުމުގެ ހުއްދަ އެ ފަރާތްތަކަކަށް ލިބިފައެއް ނުވެއެވެ. މިއަދު ކުރިއަށް މިދާ އިންތިހާބުގައި މިހާތަނަށް މީދޫއިން 500 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް 80 އަށްވުރެ ގިނަ މީހުންވަނީ ވޯޓުލާފައެވެ.

އިންތިހާބުގެ ވޯޓުލުން ހެނދުނު 7 ޖަހާއިރު ފަށާފައިވާއިރު ވޯޓުލުމަށް ކިޔު ބަންދުކުރުމަށް ހަމަޖހެހިފައިވަނީ 17:00 ގައެވެ. އަދި 17:00 އިން ފެށިގެން 18:00 އާއި ހަމައަށް ހާއްސަކޮށްފައިވަނީ ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށެވެ.