Follow us on
މެންދުރު 12 އާއި ހަމައަށް މީދޫއިން ވޯޓުލީ 397 މީހުން!
| އިބްރާހިމް ރަފްހާން

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާއިހަމައަށް ރ. މީދޫއިން ވޯޓުލާފައިވަނީ 397 މީހުންނެވެ.

އެއީ މީދޫގެ އެއް ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާފައިފައިވާ 91 ފިރިހެނުންނާއި 106 އަންހެނުން އަދި ދެ ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލާފައިވާ 90 އަންހެނުންނާއި 110 ފިރިހެނުންނެވެ. މީދޫގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށްޓަށް ދިނުމުގެ ހައްޤު ޖުމްލަ 1109 މީހަކަށް ލިބިފައިވެއެވެ. މީގެ އިތުރުން މީދޫ މީހުން ވޯޓުލުމަށް މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް މިހާތަނަށް 46 މީހަކު ވޯޓުލާފައިވެއެވެ.

މިއަދު ކުރިއަށް މިދާ އިންތިހާބުގައި މީދޫ ކައުންސިލަށް 10 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 13 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ