Follow us on
އިންތިހާބު: ވޯޓު ބާޠިލުވާ ގޮތް އެނގުން ވަރަށް މުހިއްމު!
| އިބްރާހިމް ރަފްހާން

10 އޭޕްރިލް 201 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މީގެ ކުރިން ބޭއްވުނު ކައުންސިލްތަކުގެ އިންތިހާބާއި ބަލާފައި ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ އިންތިހާބެކެވެ.

އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އަދަދާއި ވޯޓުލާން ހަމަޖެހިފައިވާ ގޮތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ވޯޓު ސައްހަވާ ގޮތާއި ވޯޓު ބާތިލުވާ ގޮތަކީ މި އިންތިހާބުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމެކެވެ. ވޯޓުލާން ދިއުމުގެ ކުރިން މިއީ އެނގުން މުހިއްމުކަމެކެވެ.

މި އިންތިހާބުގައި ކައުންސިލް މެމްބަރުކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ވޯޓުގައި އިންތިހާބުކުރަން ޖެހޭ އަދަދަށްވުރެ މަދުން ފާހަގަ ޖެހުމަކުން ވޯޓު ބާތިލެއް ނުވާނެއެވެ.

ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އިތުރު އެހެން ފާހަގައެއް، ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެ ވޯޓު ކަރުދާސް ބަލާނީ ބާތިލް ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. ހަމައެއާއެކު ވޯޓު ކަރުދާހުގައި އެއްވެސް ކެންޑިޑޭޓަކަށް ރަނގަޅު ފާހަގަ ޖަހާފައި ނުވާ ވޯޓު ކަރުދާސްވެސް ބާތިލުވާނެއެވެ. ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރު ކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު ބާތިލުވާނެއެވެ.

މީގެ އިތުރުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ މެމްބަރުންގެ ނަމާދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާނަމަ އެ ވޯޓެއްވެސް ބެލެވޭނީ ބާތިލު ވޯޓެއްގެ ގޮތުގައެވެ. ހަމައެއާއެކު އިންތިހާބުކުރަން ޖެހޭ އެއްވެސް މަޤާމަކަށް މެމްބަރަކު ހޮވަން ވޯޓުނުދޭނަމަ އެ ވޯޓެއްވެސް ބާތިލުވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ