Follow us on
މި ނިކުންނަނީ މީދޫއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް، އަޅުގަނޑުމެންނަށް ވޯޓުދެއްވާ: ޕީ.ޕީ.އެމް ކެންޑިޑޭޓުން
| އިބްރާހިމް ރަފްހާން

ޕީ.ޕީ.އެމްގެ ކެންޑިޑޭޓުން ނިކުންނަނީ މީދޫއަށް ބޭނުންވާ ހެޔޮ ބަދަލު ގެނެސްދިނުމަށްކަމަށާއި ހުރިހާ ރަައްޔިތުންވެސް ޕީ.ޕީ.އެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މީދޫ ކައުންސިލަށް ވާދަކުރާ ޕީ.ޕީ.އެމްގެ ކެންޑިޑޭޓުން އެދިއްޖެއެވެ.

އިންތިހާބުގެ ކުރިން މީދޫ ޓައިމްސްއާއި ވާހަކަދައްކަމުން ޕީ.ޕީ.އެމްގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ހަސަން ޝަރީފް ބުނީ، ޕީ.ޕީ.އެމްގެ ކެންޑިޑޭޓުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެކަމަށާއި ޕީ.ޕީ.އެމްގެ ކެންޑިޑޭޓޫން ނިކުންނަނީ ސިޔާސަތުތަކާއެކު ރައްޔިތުންގެ ހައްޤުގައިކަމަށެވެ.

މީގެ އިތުރުން ހަސަން ބުނީ، ޕީ.ޕީ.އެމްގެ ކައުންސިލެއްގައި ހައްޤު ބަސް ބުނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމްގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ހަސަން ޝަރީފް ވާދަކުރާއިރު މެމްބަރުކަމަށް ވާދަކުރަނީ މުޙައްމަދު ޝިހާމް އަދި އަލީ ރަޝީދުއެވެ. އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރަނީ ރަޝީދާ އަބްދުﷲ އަދި މަރިޔަމް ސަޢީދާއެވެ.

ޚިޔާލު ފާޅުކުރައްވާ