Follow us on
ހުރިހާ ރައްޔިތުން އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް: ޤާސިމް
| އިބްރާހިމް ރަފްހާން

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ރައްޔިތުންވެސް ނިކުމެ އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު ޤާސިމް ސަޢީދު އެދިއްޖެއެވެ.

ކުރިން މީދޫ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޤާސިމް ސަޢީދު ވިދާޅުވީ، މީދޫގެ ހުރިހާ ރައްޔިތުންވެސް ރަށު ވިސްނުމެއްގައި ރަށަށް ތަރައްޤީ ހޯދުމަށް އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން އެދޭކަމަށާއި އިންތިހާބު ކާމިޔާބުވާނެކަމުގެ ވަރަށް ޔަޤީންކަން އެބައޮތްކަމަށެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ރައްޔިތުން ސަރުކާރާއިއެކު ތިއްބެވުމަށް އެދޭކަމަށާއި ކައުންސިލްގެ ކަންކަން އާ ފެށުމަކުން ފެށުމަށް ތައްޔާރަށް ތިބިކަމަށެވެ. އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލަށް ޤާސިމްގެ އިތުރުން ދެން ވާދަކުރަނީ މެމްބަރުކަަމަށް އަބްދުﷲ ރަޝީދު އަދި އަންހެން މެމްބަރުކަމަށް ޖަމީލާ ހުސައިން އަދި އީނާސް ރާފިޢުއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ގައެވެ.

ޚިޔާލު ފާޅުކުރައްވާ